ސިފްކޯ ހިޔާ ފުލެޓް ޕރޮޖެކްޓް ބަލަހައްޓާ އިސް ފަރާތްތަކާއި ޑިފެންސް މިނިސްޓަރ، ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ސިފްކޯ ހިޔާ ފުލެޓް ބަލައްހައްޓާ މިލިޓްރީ އިންޖިނިއަރސްގެ އިސް ފަރާތްތަކާއި އަދި ސިފްކޯގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

 

މިއަދު މެންދުރު 11:00 ހާއިރު ޑިފެންސް މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމަކީ ސިފްކޯ ހިޔާ ފުލެޓްގެ ޕްރޮޖެކްޓް މިހާރު ގޮސްފައިވާ ހިސާބާއި އެ ޕްރޮޖެކްޓް އަވަސް ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމެކެވެ.

 

މިބައްދަލުކުރެއްވުމުގައި ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ޗެއަރމަން ކާނަލް އަބްދުލް މަތީން އަޙްމަދާއި ސިފްކޯގެ ޗީފް އެގެޒެކެޓިވް އޮފިސަރ މޭޖަރ ޙައްވާ ޝެނިންގެ އިތުރުން މިލިޓްރީ އިންޖިނިއަރސްގެ ކޮމާންޑިންގ އޮފިސަރ މޭޖަރ އަޙްމަދު ޝާރިމް ވެސް ބައިވެރިވެލެއްވިއެވެ.