ޕްރެސް އޮފީސް

ސަރކިއުލާތައް

ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ

ޢާއްމު ކުރެވޭ ލިއުން

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 13-05-2019

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 07-02-2019

News Statement (English) - 28/2/2018

News Statement 28-2-2018

ANNOUNCEMENT 20-02-2018

ނޫސް ބަޔާން 20-02-2018

އިޢުލާން

ސިފައިންގެ ވަޒީފާގެ ފުރުޞަތު

ފަޔަރ އެމަރޖެންސީ އޮޕަރޭޝަން ޕްލޭނަށް އަހުލުވެރިކުރުމުގެ ގޮތުން 2017 ސެޕްޓެމްބަރ 29 އިން 30 އަށް މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދާ ފަރިތަކުރުންތަކާއި ގުޅޭ

ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓް ކުރުމާބެހޭ

ކައްދޫ އެއަރޕޯޓުގެ ޕެސެންޖަރ ޓާމިނަލްގައި ހަރުކުރުމަށް ބޭނުންވާ އެލްމިނިއަމް ދޮރުތައް ޖަހައިދޭނެ ފަރާތެއް ހޯދުން

ކައްދޫ އެއަރޕޯޓުގެ ސީ.އައި.ޕީ ލައުންޖަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ޕާކިސްތާނުގެ ނޭވަލް ސްޓާފް، ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

ޕާކިސްތާނުގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަޙްމޫދު އައްބާސީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އާދަމް ޝަރީފު ޢުމަރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

 

ޕާކިސްތާނުގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަޙްމޫދު އައްބާސީގެ މި އިޙްތިރާމްގެ ޒިޔާރަތަކީ، އެމަނިކުފާނު މިހާރު ރާއްޖެ ޒިޔާރަތްކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޑިފެންސް މިނިސްޓަރުގެ އަރިހަށް ކުރެއްވި ޒިޔާރަތެކެވެ.

 

މިއަދު ޑިފެންސް މިނިސްޓްރީގައި އޮތް މި ބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާއާ ދެމެދު އޮތް ބަދަހި ގުޅުމާއި ބެހޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ތަމްރީނުތައް ހިންގުމާއި ގުޅޭގޮތުންނާއި، އަސްކަރީ ދާއިރާއިން ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް ބިނާކުރުމަށް އެހީތެރިވެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

 

މި ބައްދަލުކުރެއްވެވުމުގައި، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުހައިރާއި، ޑިޕާޓްމަންޓް އޮފް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑައިރެކްޓަރ ޖެނެރަލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި، ޑިޕާޓްމަންޓް އޮފް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑެޕިޔުޓީ ޑައިރެކްޓަރ ޖެނެރަލް ކާނަލް ޢަބްދުލްމަތީން އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.