ޕްރެސް އޮފީސް

ސަރކިއުލާތައް

ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ

ޢާއްމު ކުރެވޭ ލިއުން

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 13-05-2019

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 07-02-2019

News Statement (English) - 28/2/2018

News Statement 28-2-2018

ANNOUNCEMENT 20-02-2018

ނޫސް ބަޔާން 20-02-2018

އިޢުލާން

ވަޒީފާގެ ފުރުޞަތު - ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ މަޤާމުތަކަށް މީހުން ހޯދުން.

މިނިސްޓްރީން ޚިދުމަތް ދިނުމުގައި ބޭނުންކުރަމުންދާ ފޯން ލައިންތަކާއި ގުޅޭ

ފަޔަރ އެމަރޖެންސީ އޮޕަރޭޝަން ޕްލޭނަށް އަހުލުވެރިކުރުމުގެ ގޮތުން 2017 ސެޕްޓެމްބަރ 29 އިން 30 އަށް މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދާ ފަރިތަކުރުންތަކާއި ގުޅޭ

ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓް ކުރުމާބެހޭ

ކައްދޫ އެއަރޕޯޓުގެ ޕެސެންޖަރ ޓާމިނަލްގައި ހަރުކުރުމަށް ބޭނުންވާ އެލްމިނިއަމް ދޮރުތައް ޖަހައިދޭނެ ފަރާތެއް ހޯދުން

ދިވެހިރާއްޖެ ތަރައްޤީކޮށް ތަހުޒީބު ކުރަންޖެހޭނީ މިނިވަންކަމާއި އިސްތިޤްލާލާއި އިސްލާމް ދީނާއި، ޤައުމިއްޔަތު ރައްކާތެރި ކުރެވިގެން: ޑިފެންސް މިނިސްޓަރ

ދިވެހިރާއްޖެ ތަރައްޤީކޮށް ތަހުޒީބު ކުރަންޖެހޭނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާއި އިސްލާމް ދީނާއި، ދިވެހި ޤައުމިއްޔަތު ރައްކާތެރި ކުރެވޭނެ ގޮތެއްގެ މަތިން ކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ، މިހެން ވިދާޅުވީ، ވެރިކަންކުރާ ޕާޓީ، ޕީޕީއެމް އިން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޤައުމެއް ޤައުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާނެ އެންމެ މުހިންމު އަސާސީ އެއްކަމަކީ އެ ޤައުމަށް ބޭނުންވާނެ މިނިވަންކަމާއި އިސްތިޤްލާލު ކަމަށެވެ. އަދި، މި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށް ޓަކައި ރައީސް ޔާމީން ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކެއް ފެބުރުއަރީ ގައި ރައީސް ޔާމީން ފިޔަވައި ދެވަނަ ވެރިޔަކު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ނަމަ، މި ޤައުމުގެ މިނިވަންކަން ގެއްލުނީސް ކަމަށާއި، އެ ދުވަހު ރައީސް ޔާމީން ބޭނުންކުރެއްވި ޚިކުމަތު ޢަމަލީއާއި ކުރެއްވި މަސައްކަތްޕުޅަށް ތަޢުރީފު ކުރެއްވިއެވެ.