ޕްރެސް އޮފީސް

ސަރކިއުލާތައް

ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ

ޢާއްމު ކުރެވޭ ލިއުން

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 13-05-2019

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 07-02-2019

News Statement (English) - 28/2/2018

News Statement 28-2-2018

ANNOUNCEMENT 20-02-2018

ނޫސް ބަޔާން 20-02-2018

އިޢުލާން

ވަޒީފާގެ ފުރުޞަތު - ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ މަޤާމުތަކަށް މީހުން ހޯދުން.

މިނިސްޓްރީން ޚިދުމަތް ދިނުމުގައި ބޭނުންކުރަމުންދާ ފޯން ލައިންތަކާއި ގުޅޭ

ފަޔަރ އެމަރޖެންސީ އޮޕަރޭޝަން ޕްލޭނަށް އަހުލުވެރިކުރުމުގެ ގޮތުން 2017 ސެޕްޓެމްބަރ 29 އިން 30 އަށް މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދާ ފަރިތަކުރުންތަކާއި ގުޅޭ

ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓް ކުރުމާބެހޭ

ކައްދޫ އެއަރޕޯޓުގެ ޕެސެންޖަރ ޓާމިނަލްގައި ހަރުކުރުމަށް ބޭނުންވާ އެލްމިނިއަމް ދޮރުތައް ޖަހައިދޭނެ ފަރާތެއް ހޯދުން

އިންޑިއާ ރައްޔިތުން އެޤައުމުގެ ޝުހުރަތު ހިފެހެއްޓުމަށް ކުރަމުންގެންދާ މަސައްކަތުން ދިވެހިން ޢިބްރަތް ޙާސިލްކުރަންޖެހޭ: މިނިސްޓަރ

އިންޑިއާ ރައްޔިތުން އެޤައުމުގެ ރީތިނަމާއި ޝުހުރަތު ހިފެހެއްޓުމަށް ކުރަމުންދާ މައްސަކަތުން ދިވެހިން ޢިބްރަތް ޙާސިލްކުރަން ޖެހޭކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑިޖިޓަލް ރެޕޮޒިޓަރީ [ސަރުނަ] އިފްތިތާޙް ކުރުމަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

އެމަނިކުފާނުގެ ވާހަކަފުޅުގައި އިންޑިއާއަކީ އެތައް ހާސްބައެއް ދިރިއުޅެމުންދާ، އެތައް ބަހަކުންވާހަކަދައްކާ އަދި އެތައްދީންތަކެއް އޮތް ޤައުމަކަށްވާއިރު، އެޤައުމުގެ ރައްޔިތުންގެ ކިބައިން ފެނިގެންދަނީ ޤައުމީ ލޯބިކަމަށް ވިދާޅުވިއެވެ. އަދި އެމީހުން ޤައުމުން ބޭރުގައި އުޅޭ އިރުވެސް ފެނިގެންދަނީ އެމީހުންގެ ޤައުމީ ވަންތަކަން މިނިސްޓަރ ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އިންޑިއާގެ އެތޭގައި ކިތަންމެ ހަމަނުޖެހުން ބޮޑުވިކަމުގައިވީނަމަވެސް އެމީހުންގެ ލިޔުންތެރިން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ދައްކަމުންދަނީ ޤައުމުގައި އޮތް ހަމަޖެހުމާއި ޤައުމީ ލޯބިކަމަށެވެ.

 

މިއަދު އިފްތިތާޙް ކުރެވިގެން ދިޔަ ޤައުމީ ޔުނިވަރސިޓީގެ ރެޕޮސިޓަރީއަކީ ޤައުމީ ލޯތްބާއި ޤައުމިއްޔަތު އާލާކޮށް ދިވެހިރާއްޖެއާ ގުޅޭގޮތުން ޞައްޙަ މަޢުލޫމާތު ބައިނަލްއަޤްވާމީ މުޖުތަމަޢަށް ފޯރުކޮށްދިނުމަށް ހުޅުވިގެން ދިޔަ ވަރަށް ރަނގަޅު ޕްލެޓްފޯމެއްކަމަށް މިނިސްޓަރ ވިދާޅުވެ، މަތީ ތަޢުލީމު ޙާސިލް ކުރައްވާ ފަރާތްތަކުން އެފަރާތްތަކުގެ ލިޔުންތައް މި ޕްލެޓްފޯމާ ޙިއްސާކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

 

10 އޭޕްރިލް 2018