ޕްރެސް އޮފީސް

ސަރކިއުލާތައް

ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ

ޢާއްމު ކުރެވޭ ލިއުން

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 13-05-2019

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 07-02-2019

News Statement (English) - 28/2/2018

News Statement 28-2-2018

ANNOUNCEMENT 20-02-2018

ނޫސް ބަޔާން 20-02-2018

އިޢުލާން

ވަޒީފާގެ ފުރުޞަތު - ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ މަޤާމުތަކަށް މީހުން ހޯދުން.

މިނިސްޓްރީން ޚިދުމަތް ދިނުމުގައި ބޭނުންކުރަމުންދާ ފޯން ލައިންތަކާއި ގުޅޭ

ފަޔަރ އެމަރޖެންސީ އޮޕަރޭޝަން ޕްލޭނަށް އަހުލުވެރިކުރުމުގެ ގޮތުން 2017 ސެޕްޓެމްބަރ 29 އިން 30 އަށް މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދާ ފަރިތަކުރުންތަކާއި ގުޅޭ

ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓް ކުރުމާބެހޭ

ކައްދޫ އެއަރޕޯޓުގެ ޕެސެންޖަރ ޓާމިނަލްގައި ހަރުކުރުމަށް ބޭނުންވާ އެލްމިނިއަމް ދޮރުތައް ޖަހައިދޭނެ ފަރާތެއް ހޯދުން

ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ޑިފެންސް މިނިސްޓަރ އާ ބައްދަލުކުރައްވައިފި

ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނާއި ދިވެހިރާއްޖޭގެ އަސްކަރިއްޔާ އާ ދެމެދު އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.  އަދި ޓެރަރިޒަމް އާއި ދެކޮޅަށް ދެޤައުމުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މިގޮތުން ކުރިޔަށް އޮތްތަނުގައި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޓީމުތައް ޕާކިސްތާނަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޕާކިސްތާންގެ އަސްކަރިއްޔާގައި މަސައްކަތްކުރާ ޞިއްޙީ ދާއިރާގެ ޚާއްސަ ޑޮކްޓަރުން ދިވެހި އަސްކަރިއްޔާގެ ހޮސްޕިޓަލް "ސެނަހިޔަ" ގައި މަސައްކަތްކުރުމަށް ފޮނުވުމާއި ބެހޭގޮތުންނާއި ދެޤައުމު ގުޅިގެން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ޕެޓްރޯލްކުރުން ކުރިޔަށް ގެންދިޔުމާއި ބެހޭގޮތުން ވާހަކަ ދެކެވުނެވެ.

މި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑައިރެކްޓަ ޖެނެރަލް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ބައްދަލުވުމަކީ ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްގެ ދައުވަތަށް ރާއްޖެކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން ކުރެއްވި ބައްދަލުވުމެކެވެ.