ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީގެ ވަފުދުގެ ބޭފުޅުން ޑިފެންސް މިނިސްޓަރާއި ބައްދަލުކުރައްވައިފި

މިހާރު ރާއްޖެ ޒިޔާރަތްކުރައްވަމުން ގެންދަވާ ސްރީލަންކާގެ ޖެނެރަލް ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީގެ އިސް ވަފުދު ގެ ބޭފުޅުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި ބައްދަލުކުރައްވައިފިއެވެ.

 

މިއަދު ބަންޑާރަ ކޮށީގައި ބޭއްވެވި މި ބައްދަލުކުރެއްވެވުމުގައި ޖެނެރަލް ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީއާއި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއާ ގުޅިގެން ދިވެހި ސިފައިންނަށް ލިބެންހުރި ތަޢުލީމީ ފުރުޞަތުތަކާ ގުޅޭގޮތުން ނާއި އެކި ދާއިރާތަކުން ރިސާޗް ހެދުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާއެވެ. މީގެ އިތުރުން ޢިލްމީ ދާއިރާއިން އެމްއެންޑީއެފަށް ދެވިދާނެ އެހީތެރިކަމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

 

މިބައްދަލު ކުރެއްވެވުމުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުޙައިރާއި ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ޢަބްދުﷲ މަތީން ވަނީ ބައިވެެރިވެވަޑައިގަންނަވާފައެވެ.

 

13 މާރިޗް 2018