ޕްރެސް އޮފީސް

ސަރކިއުލާތައް

ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ

ޢާއްމު ކުރެވޭ ލިއުން

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 13-05-2019

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 07-02-2019

News Statement (English) - 28/2/2018

News Statement 28-2-2018

ANNOUNCEMENT 20-02-2018

ނޫސް ބަޔާން 20-02-2018

އިޢުލާން

ވަޒީފާގެ ފުރުޞަތު - ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ މަޤާމުތަކަށް މީހުން ހޯދުން.

މިނިސްޓްރީން ޚިދުމަތް ދިނުމުގައި ބޭނުންކުރަމުންދާ ފޯން ލައިންތަކާއި ގުޅޭ

ފަޔަރ އެމަރޖެންސީ އޮޕަރޭޝަން ޕްލޭނަށް އަހުލުވެރިކުރުމުގެ ގޮތުން 2017 ސެޕްޓެމްބަރ 29 އިން 30 އަށް މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދާ ފަރިތަކުރުންތަކާއި ގުޅޭ

ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓް ކުރުމާބެހޭ

ކައްދޫ އެއަރޕޯޓުގެ ޕެސެންޖަރ ޓާމިނަލްގައި ހަރުކުރުމަށް ބޭނުންވާ އެލްމިނިއަމް ދޮރުތައް ޖަހައިދޭނެ ފަރާތެއް ހޯދުން

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވުމަކީ ސަރުކާރުން އެޅުއްވި ވަރަށް ޙިކުމަތްތެރި ފިޔަވަޅެއް: ޑިފެންސް މިނިސްޓަރ

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވުމަކީ ސަރުކާރުން އެޅުއްވި ވަރަށް ޙިކުމަތްތެރި ފިޔަވަޅެއްކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ މިހާރުގެ ޙާލަތާގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

 

މިނިސްޓަރގެ ވާހަކަފުޅުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވުމަކީ މިވަގުތު މިޤައުމަށް ދިމާވެފައިމިވާ ޚުޠޫރަތްތެރި ދަނޑިވަޅުގައި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެޅުއްވި އެންމެ މުހިންމު އެއް ފިޔަވަޅުކަމަށްވެސް ވިދާޅުވިއެއެވެ.

 

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވުމަކީ ރާއްޖެއަށް ބަޔަކު ގެންނަން އުޅުނު ބަޣާވާތެއް ފެއިލްކޮށްލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަރަށް ޙިކްމަތްތެރިކަމާއެކު އެޅުއްވި ވަރަށް ރަނގަޅު ސްޓެރެޓެޖިކް ފިޔަވަޅެއްކަމަށާއި އެކަމުގެ ސަބަބުން މިހާރުމިވަނީ ގެންނަން އުޅުނު ބަޣާވާތުގެ ހުރިހާކަމެއް ފެއިލްކޮށްލެވިފައިކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

 

މިނިސްޓަރ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވީ އާންމު ރައްޔިތުންނަށް ނުރައްކަލެއް ނުވަތަ ބިރުވެރިކަމެއް އޮވެގެން ނޫންކަމަށާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވީ ޤައުމަށް ދިމާވެފައިވާ ދުސްތޫރީ މައްސަލައަކާގުޅިގެން ކަމަށެވެ. ކުއްލި ނުރައްކަލުގެ މިޙާލަތުގެ ސަބަބުން ޢާންމު ދިރިއުޅުމުގައި ކުރާ މަސައްކަތަކަށް، ޢާންމުންގެ ދިރިއުޅުމުގައި ކުރާ އެއްވެސް ކަމަކަށް ބަދަލެއް ގެންނަންޖެހޭނެ އެއްވެސް ކަމެއް ރޭވިފައިނުވާކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ. އަދި ނުރައްކާތެރިކަމެއް ހިނގާފާނެ ކޮންމެ ކަމަކުން ދުރުހެލިވެ ތިއްބަވައި، ސަލާމަތީ ބާރުތަކުން ހިންގަމުންގެންދާ އެކި އޮޕަރޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޑިފެންސް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

 

ދިވެހި އަސްކަރިއްޔާއިން މަސައްކަތްކުރަމުން ގެންދަނީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަންހޯދައިދިނުމާއެކު ޤައުމުގެ ޞުލްޙަ މަސްލަޙަތާއި އަދި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ދެމެހެއްޓުމާއެކީގައި ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

ދިވެހިރާއްޖެއާއި ބޭރު ދުނިޔެއާ ދެމެދު ޤާއިމްކުރެވިފައިވާ ގުޅުމާގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ "ރައީސް ޔާމީންގެ ޒަޢާމަތުގައި ބޭރު ދުނިޔެއާއި ދިވެހިރާއްޖެއާ ދެމެދު މިއޮތީ ވަރަށް ހަރުދަނާ ގުޅުމެއް ޤާއިމް ކުރެވިފައި. ބޭރު ދުނިޔޭން ރާއްޖޭގެ މިއަދުގެ ޙާލަތާމެދު ކަންބޮޑުވަނީ އެފަރާތްތަކުން ރާއްޖެއާމެދު ވިސްނާތީ. ބޭރުގެ ޤައުމުތަކުން ރާއްޖޭގެ ޙާލަތު ގާތުން ބައްލަވަމުން ގެންދަވަނީ ރާއްޖެއާއި ބޭރު ދުނިޔެއާއި އުފެދިފައިވާ ގާތްކުގުޅުމުގެ ސަބަބުން. އަދި އެފަރާތްތަކަށް ރާއްޖޭގައި ހިނގަމުންމިދާ ކަންތައްތަކުގެ ޙަޤީޤަތް އެނގުމުން، ރައީސް ޔާމީންގެ ސަރުކާރަށް މިހާރަށްވުރެ ވެސް ބޮޑަށް ތާއީދުކުރާނެ."

 

ކުއްލި ޙާލަތު ޢިއުލާން ކޮށްފައިވީނަމަވެސް މީޑިއާގެ ދައުރަށް ސަރުކާރުން ހުރަސް އަޅުއްވާފައިނުވާނެ ކަމަށާއި، މީޑިއާގެ ޒަރީޢާއިންވެސް އިދިކޮޅު ފަރާތްތަކުން މިކަމާގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ފަހިކޮށްދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަރުކާރުން އެފުރުޞަތު ދީފައިވަނީ ބޭރުގެ ދުނިޔެއަށް މިކަމުގެ ދެފުށް ފެންނާނެގޮތަކަށް މަޢުލޫމާތު ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ ކަމަށް މިނިސްޓަރވަނީ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހިންގަން އުޅުނު ބަޣާވާތް ނާކާމިޔާބު ކޮށްލުމުގެ ސަބަބުން މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން ސަރުކާރަށާއި ރައްޔިތުންނަށް ގެއްލުންވާނެ ގޮތަކަށް ބޭރުގެ އެއްވެސް ޤައުމެއްގެ ނުފޫޒެއް ކުރިމަތި ނުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

ރައީސް ޔާމީންގެ ސަރުކާރު ވައްޓާލުމަށް ކުރިން ކުރެވިފައިވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރ ވިދާޅުވީ "ރައީސް ޔާމީންގެ ޒަޢާމަތުގައި އެކިކަހަލަ ބަޣާވާތް ގެނައުމަށް މަސައްކަތްކޮށްފި. އޭގެތެރެއިން ވެސް މިފަހަރު ވެރިކަން ބަދަލުކޮށްލަން ހިންގަން މިއުޅުނު ޙަރަކާތް ފެއިލްކޮށްލުމުގައި ރައީސް ޔާމީނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވީ ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން. މިކަން ނާކާމިޔާބު ކޮށްލުމުގައި ފެނިގެން ގޮސްފައިވަނީ ދިވެހި އަސްކަރިއްޔާއާއި ދިވެހި ފުލުންގެ ސަފުތަކުގެ ބަދަހިކަން."

 

މިހާރު އުފެދިފައިމިވާ ސިޔާސީ ކޮޅިގަނޑުން މާތްﷲގެ ރަޙުމަތާއި މަދަދާއެކު ޤައުމު ވަރަށް އަވަހަށް ސަލާމަތް ކުރެވޭނެ ކަމަށާއި، ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެކަމަށް މިނސްޓަރ ވިދާޅުވިއެވެ.

 

ސުޕްރީމްކޯޓްގެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރަށް ލާޒިމް ކުރުމަށް ބޭރު ގައުމުތަކުގެ އެހީއަށް އިދިކޮޅު ފަރާތްތަކުން އެދެމުންދާތީ އެކަމަށް ރައްދު ދެއްވާ މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ނަގާލަން މަސައްކަތް ކުރި ކޮންމެ ފަހަރަކު ރައްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދިފާޢުކޮށް ދެމެހެއްޓުމަށްޓަކައި ވަރުގަދަ ބަޠަލުންތަކެއް މިޤައުމުގައި އުފެދިގެންދިޔަކަމަށާއި ކުރިއަށްއޮތްތަނުގައިވެސް ދިވެހިން، ދިވެހިންގެ ޤައުމު ހިމާޔަތްކުރަން މަސައްކަތް ކުރާނެކަމަށެވެ. އަދި ބޭރުގެ ނުފޫޒު ރާއްޖެއަށް ވެއްދުމަށް ކުރާ މަސައްކަތަކީ ގައުމަށް ވެވޭ ޚިޔާނާތެއްކަމަށާއި، އެއީ ޤައުމަށް ޣައްދާރުވުންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

 

06 ފެބްރުވަރީ 2018