އެމްއެންޔޫގެ އިސް ވެރިންނާ ދިފާޢީ ވަޒީރު ބައްދަލުކުރައްވައިފި

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އިސް ބޭފުޅުންނާ ދިފާޢީ ވަޒީރު އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ބައްދަލުުކުރައްވައިފިއެވެ.

 

މިއަދު ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމަކީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަރޑީޒް (ސީޑީއެސްއެސް) އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެވެ.

 

މި ބައްދަލުކުރެއްވުމުގައި ސީޑީއެސްއެސްއިން އެމްއެންޔޫއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ އަދި ސީޑީއެސްއެސްއާއި އެމްއެންޔޫ ގުޅިގެން އެކިއެކި ރިސާޗްތަށް ހެދުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

 

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އިސް ބޭފުޅުންނާއި ދިފާޢީ ވަޒީރު ބޭއްވި މިބައްދަލުކުރެއްވެވުމުގައި ސީޑީއެސްއެސްގެ ކޮމާންޑިން އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި ސީޑީއެސްއެސްގެ އިސް އޮފިސަރުންނާއި އެމްއެންޔޫގެ ޗާންސެލަރ ޑރ.މުޙައްމަދު ލަތީފާއި ވައިސް ޗާންސެލަރ ޑރ.ޢަލީ ފަވާޒާއި ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ އާއިޝަތު ޝާހީންއާއި ރަޖިސްޓްރަ ޑރ.ސަޢުދުﷲ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.