ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގެ "ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިޑް އިޔަރ ރިވިއު" ކުރުމުގެ ބައްދަލުވުމެ ބާއްވައިފި

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި، މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގެ "ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިޑް އިޔަރ ރިވިއު" ކުރުމުގެ ބައްދަލުވުމެ ބާއްވައިފިއެވެ.

 

މި ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ކޯސްޓްގާޑް ކޮންފަރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރެވެ.

 

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.

 

މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީގެ އިތުރުން މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ޑިޒާޒްޓަރ މެނޭޖްމަންޓް ސެންޓަރާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ  އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ފަރާތުންވަނީ އެ އިދާރާތަކުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންތަކާއި ގުޅޭގޮތުން ޕްރެޒެންޓޭޝަންތައް ހުށަހަޅައިދީފައެވެ.

 

ޑިފެންސް މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގެ "ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިޑްޔަރ ރިވިއު" ކުރުމުގެ ބައްދަލުވުމެ ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުޙައިރާއި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލްފާޟިލާ ފާތިމަތު ތަސްނީމާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުގެ އިތުރުން އޭވިއޭޝަން ސެކިއުރިިޓީ ކޮމާންޑްގެ ކޮމާންޑަރ މޭޖަރ ރިޓަޔަރޑް އަޙްމަދު ފައިޞަލް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

 

19-07-2017