ޕްރެސް އޮފީސް

ސަރކިއުލާތައް

ސާރކިއުލަރ 28/CIR/2012/09

ޢާއްމު ކުރެވޭ ލިއުން

ނޫސް ބަޔާން - 05 ސެޕްޓެމްބަރ 2017

ނޫސް ބަޔާން - 30 ޖުލައި 2017

ނޫސް ބަޔާން

Statement by the Minister of Defence and National Security Adam Shareef Umar At the Asian Ministerial Conference on Disaster Risk Reduction New Delhi, India, 2-5 November 2016

Statement given by Defence Minister on the Maldives First International Semninar on Counter Terrorism

ނޫސްބަޔާން - އެން.ސީ.ޓީ.ސީ 22 އޭޕްރީލް 2016

އިޢުލާން

ވަޒީފާގެ ފުރުޞަތު (އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް)

ވަޒީފާގެ ފުރުޞަތު (އެސިސްޓެންޓް ޑިރެކްޓަރ، އެޑްމިން. އޮފިސަރ)

ފަޔަރ އެމަރޖެންސީ އޮޕަރޭޝަން ޕްލޭނަށް އަހުލުވެރިކުރުމުގެ ގޮތުން 2017 ސެޕްޓެމްބަރ 29 އިން 30 އަށް މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދާ ފަރިތަކުރުންތަކާއި ގުޅޭ

ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓް ކުރުމާބެހޭ

ކައްދޫ އެއަރޕޯޓުގެ ޕެސެންޖަރ ޓާމިނަލްގައި ހަރުކުރުމަށް ބޭނުންވާ އެލްމިނިއަމް ދޮރުތައް ޖަހައިދޭނެ ފަރާތެއް ހޯދުން

މަސްއޫލިއްޔަތު

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ. މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.

1.  ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން، ދިވެހި ދައުލަތާއި ޤާނޫނީ ވެރިކަން ދިފާޢުކޮށް ޙިމާޔަތްކުރުން. އަދި އެފަދަ ކަމެއް މީހަކު ނުވަތަ ބަޔަކު ކުރާނަމަ އެކަމެއް މަނާކޮށް ވަގުތުން ހުއްޓުވައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

2.  ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރާއްޖޭގެ އާކިޕެލެޖިކަލް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވު ދިފާޢުކޮށް، ޙިމާޔަތްކުރުން. އަދި މިކަންކަމާބެހޭގޮތުން ހެދިފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގައި، ދިވެހި ސަރުކާރަށް އެހީތެރިވުން.

3.  ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދާއި އެ ސަރަޙައްދުގައިވާ ޤުދްރަތީ ވަސީލަތްތައް ޙިމާޔަތްކޮށް ބެލެހެއްޓުން. އަދި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި އެއްވެސް ބަޔަކު ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާކަން ނުވަތަ އެނޫންވެސް، ރާއްޖޭގެ ޤާނޫނާއި ޚިލާފުކަމެއް ކުރާކަން އެނގިއްޖެނަމަ، އެކަމެއް ބަލައި އެކަމެއް މަނާކޮށް، އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

4.  ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދާއި އަދި ސިޔާސީ ސަރަޙައްދުގެ އެއްގަމާއި، ކަނޑާއި ވައިގެ ތެރެއިން، ބޭރު ޤައުމުތަކުގެ އުޅަނދުތަކާއި، މަތިންދާ ބޯޓު ފަހަރު ދަތުރުކުރުމުގައި ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެކަމެއް ބަލައި، އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

5.  ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތްކުރުމާއި، ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުން.

6.  އަލިފާނުގެ ނުރައްކަލުން، ރައްޔިތުންނާއި އެމީހުންގެ މުދާ ސަލާމަތްކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

7.  ރާއްޖެއަށް ދިމާވާ ޤުދްރަތީ އަދި އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމާއި، އަދި އެފަދަ ހާދިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމާއި، އެކަން އާންމު ހާލަތަކަށް ގެނައުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިސްވެ ހަރަކާތްތެރިވުން.

8.  ދިވެހިރާއްޖޭގެ ފަރާތުން ސޮއިކޮށް ތަޞްދީޤުކޮށްފައިވާ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ކުރުން ލާޒިމުކުރާ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރުން.

9.  ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބެލެހެއްޓުން.

10. ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކަށް އަންނަ އަދި ފުރާ އުޅަނދުފަހަރާއި އެ އުޅަނދުފަހަރުން އެތެރެކުރެވޭ އަދި ބޭރުކުރެވޭ ތަކެއްޗާއި، އަންނަ އަދި ފުރާ މީހުންނާއި، ބަނދަރު ހިމެނޭ ސަރަޙައްދުތަކަށް ވަދެނިކުމެވާ މީހުންނާއި، ވެއްދޭ އަދި ނެރެވޭ ތަކެތި ބެލުމާއި މިފަދަ ކަންކަން ބެލެހެއްޓުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.

11. ޤާނޫނާ ޚިލާފަށް ހިންގޭ ޢަމަލަކުން މަދަނީ ވައިގެ ދަތުރުފަތުރަށް އަރައިދާނެ ބުރުލަކުން އެ ސިނާޢަތް ރައްކާތެރިކުރުމަށްޓަކައި ޢަމަލު ކުރާނެ ރައްކާތެރިކަމާ ގުޅުންހުރި ޤައުމީ މިންގަނޑުތައް ކަނޑައަޅައި، މި ކަންކަމާ ގުޅުންހުރި އިދާރާތަކުން އެ މިންގަނޑުތައް ތަންފީޒު ކުރަމުންދާކަން ކަށަވަރުކުރުން.

12. "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން" ގެ ސޭފްގާރޑިންގ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އެގެއިންސްޓް އެކްޓްސް އޮފް އަންލޯފުލް އިންޓަފިއަރެންސް އާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާ ގުޅުންހުރި، ދިވެހި ދައުލަތުން ކުރަންޖެހޭ ކަންކަން ކުރުމާއި އެކަންކަމާގުޅޭ ނިޒާމްތައް ޤާއިމްކޮށް ހިންގައި ބެލެހެއްޓުން.

13.  އެންބިއުލާންޗުގެ ޚިދުމަތް ދިނުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުމާއި، އެއްތަނުން އަނެއްތަނަށް ކަނޑުމަގުން ބަލިމީހުން އުފުލުމަށް ކުރަންޖެހޭ އެންމެހައިކަންކަން ކުރުން.

14.  އެންބިއުލާންޗުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު ދުއްވުމާއި، އެ އުޅަނދުފަހަރު ބަލަހައްޓައި މަރާމާތުކުރުމާއި، އެ އުޅަނދުފަހަރުގެ ރަޖިސްޓްރީއާއި، މިނޫންވެސް އެ އުޅަނދުފަހަރާބެހޭ ލިޔެކިއުންތައް ބެލެހެއްޓުމާއި، އެ އުޅަނދުފަހަރަށް ބޭނުންވާނެ ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމާއި، އެ އުޅަނދުފަހަރަށް ފަޅުވެރިން ހަމަޖެއްސުމާއި އެފަރާތްތަކަށް ތަމްރީނު ދިނުން.

15.  ދިވެހިރާއްޖޭގެ ދިފާޢާއި، ޤައުމީ ސަލާމަތާބެހޭ ސިޔާސަތުތައް އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާއަށް ލަފާދީ، އެހީތެރިވުން.

16.  ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް، ރާއްޖޭގެ ސިޔާދަތާއި ޤައުމީ ސަލާމަތަށް އަދި ޤާނޫނީ ވެރިކަމަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކަންކަމާބެހޭ މަޢްލޫމާތު އެއްކޮށް ދިރާސާކޮށް، އެކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

17.  ޤައުމީ މަޞްލަޙަތާއި އަދި އަމަންޢާންމަށް ގެއްލުމެއްވެދާނެ ކޮންމެ ކަމަކުން ދިވެހި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށްއެހީތެރިވުން.

18.  މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުންނެވެ.

1.  ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ

2.  އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

3.  ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ